Saturday, October 31
ބަންގްލަދޭޝަށް ދޫކުރަމުން އައި ވިސާ އިންޑިއާ އިން މަދުކޮށްފި

އިންޑިއާ އިން ބަންގްލަދޭޝަށްް ދޫކުރަމުން އައި ވިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފިއެވެ.

މިކަމުގެ ސަބަބުން ކްރިޓިކަލް ކެއަރއަށް އިންޑިޔާގެ ހޮސްޕިޓަލްތަކަށް ދަތުރުކުރަމުން އައި އެތައްހާސް ބަލިމީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ބަންގްލަދޭޝްގައި ހުރި އިންޑިއާގެ ވިސާ ސެންޓަރުުގެ އޮފިޝަލެއް ބުނި ގޮތުގައި، ޖުލައި މަހު، ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ މަޤާމުން ވަކިކުރުމަށް ކުރެވުނު އިހުތިޖާޖުތައް ފެށުނީއްސުރެ، ޑާކާ ހިމެނޭ ގޮތަށް ބަންގްލަދޭޝްގައި ހުރި އިންޑިއާގެ ފަސް ވިސާ ސެންޓަރުގައި ދުވާލެއްގެ މައްޗައް ދޫކުރަމުން އައި އޮންލައިން ވިސާ ސްލޮޓްތައް 7،000 އިން 500 އަށް ވަނީ ދަށްވެފައެވެ.

ނަމަވެސް މިކަމުގެ އަސަރު ކުރާނީ ހަމައެކަނި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ހުޅަނގުގެ ޤައުމުތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ އަގެއްގައި ފެންވަރު ރަނގަޅު ފަރުވާ ދޭ، އިންޑިއާގެ މެޑިކަލް ޓޫރިޒަމް ސިނާއަތަށް ވެސް މީގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.

އިންޑަސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބޭސްފަރުވާ އަށް އިންޑިއާއަށް އަހަރެއްގެ ތެރޭގައި ޒިޔާރަތްކުރާ ދެ މިލިއަން މީހުންގެ ތެރެއިން 60 އިންސައްތައަކީ ބަންގްލަދޭޝްގެ މީހުންނެވެ. ނަމަވެސް، އޮގަސްޓު މަހުގެ ފަހުކޮޅުން ފެށިގެން ބަންގްލަދޭޝުން ބޭސްފަރުވާ އަށް އައި މީހުންގެ އަދަދު ވަނީ 80 އިންސައްތަ ދަށްވެފައެވެ.

އޮގަސްޓު 5 ވަނަ ދުވަހު ހަސީނާގެ ވެރިކަމާ ދެކޮޅަށް ހަފްތާތަކެއް ވަންދެން ބަންގްލަދޭޝްގެ ދަރިވަރުން ހިންގި އިހުތިޖާޖަކަށް ފަހު، ނިއު ދިއްލީއަށް ފިލައިގެން ދިޔަފަހުން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ވަނީ ގޯސްވެފައެވެ.

މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ގިނަ މީހުންނަށް ވިސާ ލިބުމުގެ ފުރުޞަތު މިހާރު ވަނީ ވަރަށް ދަތިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު