Tuesday, November 10
އެމިރޭޓްސް އެއާބަސް އޭ380، ހަތަރު އަހަރުފަހުން ކޯޕަންހޭގަން އަށް ޖައްސައިފި
ދުނިޔޭގެ އެންމެ ބޮޑު ފަސިންޖަރު މަތިންދާބޯޓު އެމިރޭޓްސްގެ އެއާބަސް އޭ380، 2020 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން ފުރަތަމަ ފަހަރަށް ކޮޕަންހޭގަންއަށް ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަން އަށް ޖައްސައިފިއެވެ.  މިވަގުތު ޑެންމާކަށް އޭ380 ދަތުރުކުރާ ހަމައެކަނި ބައިނަލްއަގްވާމީ އެއާލައިނަކީ އެމިރޭޓްސް އެވެ. އެމިރޭޓްސްގެ ފްލައިޓް 380  މި ޖެއްސީ އެ އެއަރޕޯޓްގެ އޮޕރޭޝަނަށް 100 ވަނަ އަހަރީ ދުވަހާއި ގުޅިގެންނެވެ. އެމިރޭޓްސް އޭ380 އަނބުރާ ކޮޕަންހޭގަންއަށް ގެނައުމަކީ ލިބޭ ފަޚުރެއް ކަމަށާއި އެ މިރޭޓްސްގެ މި ބޯޓުން ރަންވޭ ޒީނަތްތެރިކުރެވޭތަން ފެނުމަކީ ލިބޭޝަރަފެއް ކަމަށް އެމިރޭޓްސް އިން ބުނެއެވެ. މި ފްލައިޓްގައި 615 ސީޓް ހުރެއެވެ. އެމިރޭޓްސްގެ ޑެންމާރކްގެ ކަންޓްރީ މެނޭޖަރ ވިދާޅުވީ މިހާރު އިންތިޒާރު ކުރަނީ އަނެއްކާވެސް ކަސްޓަމަރުންނަށް ތަފާތު ދަތުރު ތަޖުރިބާތަކާއި އެކު  އޭ380 ގެ މަޝްހޫރުވެފައިވާ ސިގްނެޗާ ޕްރޮޑަކްޓްތަކާއި އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން މިހާރު މި ފްލައިޓްގައި 43 ޕަސެންޓަށް ވުރެ ގިނަ އިތުރު ގޮނޑިތަކާއެކު، ކަސްޓަމަރުންނަށް މިހާރު ދަތުރުކުރުމުގައި  ފްލެކްސިބިލިޓީ އާއި ދަތުރުކުރުމުގެ ފުރޞަތު ލިބިގެންދާނެކަމަށެވެ. އެމިރޭޓްސް އިން މިހާރު ދުބާއީ މެދުވެރިކޮށް ދުނިޔޭގެ 140 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރެވޭނެއެވެ. އެމިރޭޓްސް ފްލައިޓް އަކީ ލިބޭ ޚާއްސަ ހިދުމަތްތަކާއި ލަގްޒަރީ ވަސީލަތްތަކުގެ ސަބަބުން މަޝްހޫރު ފްލައިޓެކެވެ. އެމިރޭޓްސް އޭ380 އަކީ ވަރަށް ތަނަވަސް އަދި އަރާމު ކެބިންތަކާއި، ހަމަހިމޭންކަމާއި، އޮންބޯޑް ލައުންޖް ފަދަ ތަފާތު ގިނަ ޚިދުމަތުގެ ސަބަބުން ކަސްޓަމަރުން ގެ މެދުގައި މަގުބޫލު އެއަރލައިނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު