Tuesday, November 17
އޮރެންޖު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު އޮރެންޖު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

އެގޮތުން މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު 19:00 އިން 23:00 އަށް އޮރެންޖު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ދެމެދަށް މިއަދު 18:30 އިން 23:30 އަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯކޮށް ވާރޭވެހި މިހާތަނަށް 6 ރަށެއްގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރިގޮތުގައި އުދަ އެރުމުގެ ސަބަބުން ފެން ބޮޑުވެފައިވަނީ ށ ނަރުދޫ އަދި ރ އިނގުރައިދޫއެވެ. ވާރޭވެހިގެން ފެން ބޮޑުވެފައިވަނީ ދ. ކުޑަހުވަދޫ، ދ މީދު، ފ. ނިލަންދޫ އަދި ފަ މަގޫދޫއެވެ.

އެހެން ކަމުން މޫސުމާއި ބެހޭ އިދާރާތަކުން ނެރޭ އެލާޓް ތަކަށް އާއްމުން ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު