Saturday, October 31
ވަޒީރު ޑރ. ޚަލީލް، އިންޑިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިއަދު ނިއުދިއްލީ ގައި ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ބައްދަލުވުމުގައި، އިންޑިއާގެ ހިލޭއެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

ހަމައެއާއެކު، ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަޒީރު ޑރ. ޚަލީލް ޝުކުރު އަދާކުރެއްވިއެވެ.

އަދި، އިންޑިއާއިން ޒަމާނުއްސުރެ ދިވެހިރާއްޖެއާ ދޭތެރޭ ބަހައްޓަވައި ގާތްކަންފާހަގަކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ފަހު، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ފޭސް 3ގެ ފަހުމުނާމާގައި ދެ މިނިސްޓަރުން ސޮއިކުރެއްވިއެވެ. މި މަޝްރޫޢުތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު