Monday, November 16
އިރުވައި މޫސުން ފެށުމާއެކު ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުއްޓަށް

ކޮންމެ އަހަރަކުވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖެ އަންނަ ގުޑުގުޑާ ދޫނިތައް އިރުވައި މޫސުން ފެށުމާއެކު އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

މިގޮތުން ގުޑުގުޑާ ދޫނިކޮށް ޒިޔާރަތްކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ ކުޅިއަށެވެ. ގުޑުގުޑާ ދޫނިތައް އެ ކުޅީގައި އުޅެމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ކުޅުދުއްފުށީގެ ފޮޓޯގްރާފަރ، ޖައުފަރު ޢަލީ ވަނީ މިއަދު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައިވެސް ގުޑުގުޑާ ދޫނިތައް ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފައެވެ. ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމުން، އެ ދޫންޏަށް ގެއްލުންދީ ގޯނާ ނުކުރުމަށް އީޕީއޭ އިން ވަނީ މީގެ ކުރިން އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު