Saturday, November 14
ވައިގަދަވެ ފްލައިޓް ޖެއްސުމުގައި ދަތިތަކެއް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ފްލައިޓް ޖެއްސުމުގައި ދަތިތަކާއި ކުރިމަތިވެއްޖެއެވެ. ވައިގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައިވާ ގޮތުން މިއަދު ހެނދުނު މާމިގިއްށް ދަތުރުކުރި ފްލައިޓެއް ޖައްސަން މަތީގައި ގަޑިއެއްހާއިރު ކުރިކަމަށެވެ. އެ ފްލައިޓް ޖައްސަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އަނބުރާ އައީ މާލެއަށެވެ. އެވަގުތު ޖައްސަން އައި ފްލައިތް ތަކުގެ ހަތަރު ވަނަ އަށް އެންމެ ބޮޑަށް ޓްރެކް ކުރެވުނު ފްލައިޓް ގެ ތެރޭގައި އެ ފްލައިޓް ހިމެނޭކަމަށް ފަލައިޓްރާޑަރ އިން ދައްކާ ކަމަށް އޭވިއޭޓާސް އިން ރިޕޯޓްކޮށްފައިވެއެވެ.   މޫސުން ގޯސް ވުމުގެ ސަބަނުން މިވަގުތު ބ އަތޮޅުން ތ އަތޮޅަށް ވަނީ އޮރެންޖް އެލާރޓް ނެރެފައެވެ. އެއީ  ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލާފާކޮށެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި އުދައަރާ ފެންބޮޑުވެ ވާރޭވެހި ވެސް ފެންބޮޑުވެގެން ދަނީ ހަރަކާތްތެރިވަމުންނެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވާނީ މިމަހުގެ 5 ފަނަ ދުވަހުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު