Friday, November 13
ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް އޮރެންޖް ސަމާލު ނެރެފި

ބޯކޮށް  ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން އޮރެންޓް ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް މިއަދު ހަވީރު 3 ން މިރޭ ހަތެއް ޖެހުމާއި ހަމައަށް މި އެލާޓް ނެރެފައެވެ.

ބޯކޮށް ވާރޭވެހި މިހާތަނަށް 6 ރަށެއްގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރިގޮތުގައި އުދަ އެރުމުގެ ސަބަބުން ފެން ބޮޑުވެފައިވަނީ ށ ނަރުދޫ އަދި ރ އިނގުރައިދޫއެވެ. ވާރޭވެހިގެން ފެން ބޮޑުވެފައިވަނީ ދ. ކުޑަހުވަދޫ، ދ މީދު، ފ. ނިލަންދޫ އަދި ފަ މަގޫދޫއެވެ.

އެހެން ކަމުން މޫސުމާއި ބެހޭ އިދާރާތަކުން ނެރޭ އެލާޓް ތަކަށް އާއްމުން ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު