Saturday, November 14
ބޯކޮށް ވާރޭވެހި 6 ރަށެއްގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މިހާތަނަށް 6 ރަށެއްގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރިގޮތުގައި އުދަ އެރުމުގެ ސަބަބުން ފެން ބޮޑުވެފައިވަނީ ށ ނަރުދޫ އަދި ރ އިނގުރައިދޫއެވެ. ވާރޭވެހިގެން ފެން ބޮޑުވެފައިވަނީ ދ. ކުޑަހުވަދޫ، ދ މީދު، ފ. ނިލަންދޫ އަދި ފަ މަގޫދޫއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ ބައެއް ރަށްރަށުގައި ފެން ބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެ އެއްވެސް ރަށަކުން މި ހިނގި ހާދިސާތަކުގައި ބީހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިނުވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވަނީ އދ.މާމިގިއްޔަށް ބޯކޮށް ވާރޭވެހި ބައެއް ގޭގޭގައި ފެން ބޮޑުވެގެން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންނެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ގަޑިތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު