Saturday, November 14
ޤައުމީ ކެޑޭޓް ކޭމްޕް ނިމިއްޖެ
ދިވެހި ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގި 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ. ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ދިވެހި ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގި 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިމިއްޖެއެވެ. މިދިޔަ ޑިސެންބަރު 21 އިން 2025 ޖަނަވަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 44 ސްކޫލަކުން، 120 ދަރިވަރުން ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނެނީ، 66 ފިރިހެން ދަރިވަރުންނާއި 54 އަންހެން ދަރިވަރުންނެވެ. މީގެއިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން، 12 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ 3 އޮފިސަރުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ. މި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާނު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ދަރިވަރުގެ މަޤާމު ހާސިލުކުރީ، އއ.މަތިވެރި ސްކޫލުގެ، ކެޑޭޓް ކޯޕްރަލް މުޙައްމަދު ޒިމްޔާންއެވެ. އެންމެ މޮޅު އަންހެން ދަރިވަރުގެ މަޤާމު ހާސިލުކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ފާޠިމަތު މައިހާ މުޙައްމަދެވެ. އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކުރީ މާފުށީ ސްކޫލުގެ، ކެޑޭޓް ސާޖަންޓް ޝައިމް ޝުވައިޒް އާދަމްއެވެ. އަދި އެންމެ މޮޅު ޕްލެޓޫންގެ މަޤާމު ހާސިލުކުރީ މައިކް ޕްލެޓޫންއެވެ. އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ބެޖު ހަވާލުކޮށްދެއްވާފައެވެ. ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު