Saturday, November 14
ކ އަތޮޅުން ތ އަތޮޅަށް ރީނދޫ ސަމާލު

ބޯކޮށް ވާރޭވެހި ގުގުރާ ވައިގަދަވާނެ ކަމަށް ލާފާކޮށް ކ އަތޮޅުން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރުނީ 11:15 އިން ފެށިގެން ހަވީރު 3:15 އަށެވެ.

އެއީ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާ އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް އަތޮޅުން ލާ އަތޮޅާއި ހަމައަށް ގުރުމުމާއި އެކު ބޯކޮށް ވާރޭވެހި ގަޑިއަކު 40 މޭލަށް ވައިގަދާވެނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު ހެނދުނު 6:00 ން ފެށިގެން 10:00 އަށް  ރ އަތޮޅުން ވ އަތޮޅާއި ހަމައަށް ރީނދޫ އެލާރޓްވެސް ނެރުނެވެ. އެއީ ގަޑިއަކު 20 މޭލާ 35 މޭލަށް ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް  ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލާފާކުރެވޭތީ އެވެ.

މޫސުން މިދުވަސްވަގު ގޯސްވެގެން އުޅެނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެއެވެ. އެ އިދަރާއިން ލަފާކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއާއި އެހެނިހެން ގުޅުން ހުރި ހުރިހާ އިދާރާތަކުން ވަނީ މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ހާއްޞަކޮށް ކަނަޑު ދަތުރު ކުރެއްވުމުގައި މޫސުމަށް ސަމާލުވުމަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު