Saturday, November 14
ށ.ނަރުދޫ އަށް އުދައަރައި ފެންބޮޑުވެއްޖެ
ށ.ނަރުދޫއަށް އުދައަރައި ރަށުތެރޭގައި ފެންބޮޑުވެއްޖެ އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މައުލޫމާތު ދިން ގޮތުގައި އެ ރަށުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ. ބޯކޮށް ވާރޭ ވެހި މާލޭގައިވެސް ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ތިން ސަރަޙައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. މާލޭގެ މަޖީދީމަގުގައި ފެން ބޮޑުވާ ސަރަޙައްދުގެ މަގުތައްވެސް ހެދުމުގެ މަސައްކަތް ސިޓީ ކައުނސިލުން މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު