Saturday, November 14
ފޮރިން މިނިސްޓަރު ޚަލީލް އިންޑިއާއަށް ވަޑައިގެންފި
ފޮރިން މިނިސްޓަރު ޑޮކްޓަރ އަބްދުﷲ ޚަލީލް މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ. މިނިސްޓަރ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި، ދެ ގައުމުން އިސްކަންދޭ ކަންތައްތަކާއި، ދެގައުމާއި ރައްޔިތުންގެ ފައިދާއަށް ޓަކައި ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފޮރިން މިނިސްޓަރ އެޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިނިސްޓަރ ގެ މި ދަތުރަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ސްޕޯކްސްޕާސަން ވަނީ މިނިސްޓަރ ޚަލީލް އަށް މަރުހަބާ ދަންނަވާފައެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު އިންޑިއާއި އެކު އޮތް ގުޅުން ހީނަރުވި ނަމަވެސް، ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް، ގުޅުން ވަނީ ރަނގަޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު