Saturday, November 14
ހައްޖު ކޯޕަރޭޝަން ގެ ތުއްތު އުމުރާވެރިންނަަށް ދީނީ މައުލޫމާތު ދިނުމުގެ ހަވީރެއް
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު އުމުރާއަށް ދިޔަ އުމުރާވެރިންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ދީނީ މައުލޫމާތު ދިނުމުގެ ހަވީރެއް ބާއްވައިފިއެވެ. "ހައްޖު ކޯޕަރޭޝަން ތުއްތު އުމުރާވެރިންނާއި އެކު" ނަމުގައި ދީނީ މައުލޫމާތު ދިނުމާއި ތުއްތު ކުދިންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް ޚާއްޞަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާ ކަން ހާމަކުރައްވާ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ބުނީ އެ ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު އުމުރާ ގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ އުމުރާވެރިންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ޑިސެމްބަރު މަހު 822 އުމުރާވެރިން ދިޔައެވެ. މިއަހަރު ޑިސެމްބަރ މަހު ރާއްޖެއިން ހަ ހާހަށް ވުރެ ގިނަ މީހުން އުމުރާގެ އަޅުކަން އަދާކުރަން ދިޔައެވެ. ޑިސެމްބަރު މަހު އުމުރާއަށް ދިޔަ އުމުރާވެރިން މާދަމާ އިން ފެށިގެން ރާއްޖެ އަންނަން ފަށާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު