Saturday, November 28
މެންބަރުން އިންތިޚާބުކުރި ޕާޓީން ވަކިވެއްޖެނަމަ އަލުން ވޯޓަކަށް ދާންޖެހޭނެ: އަދުރޭ

ރައްޔިތުން އިންތިޚާބުކުރާ މެންބަރު، އެ އިންތިޚާބުކުރި ޕާޓީން ވަކިވެއްޖެނަމަ އަލުން ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕުރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.

"މިއަދު އެއް ޕާޓީގައި، މާދަމާ އަނެއް ޕާޓީގައި، އަނެއް ދުވަހު އަނެއް ޕާޓީގައި ހުރެގެންވެސް ގޮނޑީގައި އިނދެގެން ހަމަ އެ ފަސް އަހަރުގެ ދައުރު ރައްޔިތުންގެ ބަހެއް ނެތި އޭނާއަށް ނިންމާލެވުން އެއީތޯ ރައްޔިތުންގެ ބާރު ގަދަވުމަކީ؟ ނޫން"، އަދުރޭ ވިދާޅުވިއެވެ.

މި ޕުރޮގުރާމުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވީ، ރައްޔިތުން ބާރުވެރި ވާނީ އިންތިޚާބުކުރާ މެންބަރުން، ރައްޔިތުން އިންތިޚާބު ކުރި ގޮތަށް ހުރުމުގެ ޖާގަ ދީގެން ކަމަށާއި، އެ ނޫން ގޮތަކަށް އެ މެންބަރު ބަދަލުވެއްޖެނަމަ، އަލުން އަނެއްކާ ރައްޔިތުން ބޭނުންވާ މެންބަރަކު، ރައްޔިތުން ބޭނުންވާ ފިކުރެއްގައި އިންތިޚާބުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އެއީ ޑިމޮކްރަސީ ދަންނަ ހަމައަކީވެސް. އެއީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގައި ކަންކުރާ އުސޫލަކީވެސް"، އަދުރޭ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު