Wednesday, November 18
އެމްޑީޕީގެ ތިން ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން އެމްޑީޕީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ ހއ. ހޯރަފުށީ ދާއިރާގެ ރައީސް، ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި 01 ޖަނަވަރީ 2025 އާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި، ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފުވެފައި ނުވާ މެންބަރެއް ކަމުގައިވުމެވެ.

އެމްޑީޕީން ވަނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު