Thursday, November 26
މާދަމާ ދަތުރުކުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދެފި
މާދަމާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ދަތުރުވެރިން އަވަހަށް އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފިއެވެ. އެމްއޭސީއެލް އިން މިއަދު ބުނީ، ޢުމްރާއަށް ދިޔަ ފަރާތްތަކުން އަނބުރާ އަންނާތީ، އެއާޕޯޓުގެ މަގުތަކާއި ގިމަތަ ސަރަހައްދުތަކުގައި މާދަމާ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، މާދަމާ ދަތުރުކުރާ ހުރިހާ ފަރާތްތަކުން މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި، އެއާޕޯޓު މުވައްޒަފުންގެ އިރުޝާދުތަކަށް ކިޔަމަންވުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ. މީގެ އިތުރުން، އެއާޕޯޓުގެ ވަށައިގެން ޓްރެފިކް ފަސޭހަކަމާއެކު ދައުރުކުރުމަށްޓަކައި ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުންވެސް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު