Saturday, October 31
މެޑިސިން ކިޔެވުމަށް 7 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި

މެޑިސިންގ ކިޔެވުމަށް 7 ސްކޮލަރޝިޕް ގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބަނގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމުގެ 6 ސްކޮލަރޝިޕް އަދި އެއް ސްކޮލަރޝިޕް ފުރުޞަތު ދީފައިވަނީ ދަތުގެ ފަރުވާގެ ދާއިރާއިން ކިޔެވުމަށެވެ.

މިއީ ސާރކްގެ ގައުމުތަކަށް ހުޅުވާލި ސްކޮލަޝިޕް ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއަށް ލިބުނު ފުރުސަތުތަކެކެވެ.

މި ސްކޯލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ހުޅުވާލާފައިވަނީ މިހިނގާ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޮލަރޝިޕް ގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރާއްޖޭގައި ވެސް މިހާރު މެޑިސިންކިޔެވެއެވެ. މިއަހަރު ރާއްޖެއިން މެޑިސިން ކިޔެވި ފުރަތަމަ ބެޗްގެ ދަރިވަރުން ގްރަޖުއޭޓްވެފައިވަނީ މިދިޔަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު