Saturday, November 14
ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހުމުހުން އެހީތެރިވެދީފި

ފ އަތޮޅު ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހުމުހުން ފުލުހުން އެހީތެރިވެދީފިއެވެ.

ފުލުހުން ބުނީ އިއްޔެ ފ އަތޮޅު ފަޅުރަށެއްކަމަށްވާ ދިގުވަރަށް ދަތުރު ގޮސްއުޅުނު ބަޔަކު ހާލުގައި ޖެހުނު ކަމުގެ މައުލޫމާތު ލިބުނީ އެ އަތޮޅު ފީއަލީ ޕޮލިސް ޕޯސްޓަށް ކަމަށެވެ.

އެމީހުންނަށް އެހީތެރިވީ ފުލުހުންނާއި ފީ އަލީ ކައުންސިލާއި އެމްޓީސީސީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެކު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެމީހުން ގެންދެވުނީ ފީއައްޔަށެވެ.

މި ދުވަސްވަރަކީ ވާރޭވެހި، ކަނޑުގަދަ ވެ އަދި ބޮޑެތި ރާޅު އަރާ ދުވަސްވަރެކެވެ. ކަނޑު ދަތުރުކުރެއްވުމުގައި ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހުރިހާ ކަމާއި ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު މެންދުރު 11:30 ފެށިގެން ހަވީރު 5:30 އާއި ހަމައަށް ބ އަދި ލ އަތޮޅަށް ބޯކޮށް ވާރޭ ވެހި 40 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ. މީގެ އިތުރުން ބ އަތޮޅުން ސ އަތޮޅާއި ހަމައަށް 19 މޭލާ 24 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު