Saturday, October 31
ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ޢާއްމުތަންތަން ކަނޑައެޅުމަށް މަޝްވަރާކޮށްފި
ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ޢާއްމުތަންތަން ކަނޑައެޅުމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މަޝްވަރާކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މިއަދު ބުނީ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ އާއްމު ތަންތަން ކަނޑައެޅުމުގެ ގެ ގޮތުން ސްތޭކް ހޯލްޑަރުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މިއީ މުޖުތަމަޢު ދުންފަތުން ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެކެވެ. ސްޓޭކް ހޯލްޑަރުންގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ބޯޑުގެ މެމްބަރުންން، ފުލުހުން، ކަސްޓަމްސް އަދި ކަމާއި ގުޅޭ މިނިސްޓްރީ ތަކާއި ޖަމްއިއްޔާތަކުގެ މެމްބަރުން ހިމެނެއެވެ. ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް މިހާރު އެކުލަވާލާ ޤަވާޢިދު ހަދާ މިމަހުގެ 13 ވަނަ ދުވަހު އަމަލުކުރަން ފަށަންޖެހޭނެއެވެ.މިނިސްޓްރީން ކުރިން ބުނެފައިވަނީ އައު ގަވާޢިދު ހެދިގެން ދާއިރު  ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ކަމަށް ކަނޑައެޅޭ އާއްމު ތަންތަން އިތުރު ވެގެންދާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އެއްވެސް އޮފީހެއްގެ ގޯތިތެރޭގައި ނުވަތަ އޮފީސް ސަރަހައްދުގައި ދެން ދުންފަތތުގެ އިސްތިޢުމާލުނުކުރެވޭނެއެވެ. ދުންފަތުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ކުއިޓްލައިނެއް ޤައިމްކޮށްފައެވެ. ނަންބަރަކީ 1676. މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. މި ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވަނީ ވޭޕް ނުވަތަ އީ ސިގްރޭޓް މަނާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު