Saturday, November 14
މާލޭގެ މަގުތަކުގައި ފެން ހިންދަން ސިފައިން ނިކުމެއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެން ހިންދަން ސިފައިން ނުކުމެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭ 18:30 އާއި ހަމައަށް ވަނީ ޔެލޯ އެލާޓް  ވެސް ނެރެފަ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ މިއީ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު