Friday, November 20
އެއްގަމު އުޅަނދު ދުއްވާއިރާއި ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އަންގައިފި

މޫސުން ގޯސްވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންނާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިގޮތުން ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އަންނިވި ކަންތައްތަކަށް ސަމާލުވުމަށް އެދިފައެވެ.

  • ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ސައިކަލުގެ ސްޕީޑް ހިފެހެއްޓުން.
  • ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން.
  • ވަޔައެކު ހަލާކު ނުވާނެފަދަ ވިއްސާރަ ކޯޓު ބޭނުންކުރުން.
  • ބުރުގާ އަޅުއްވާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުން.
  • މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

މީގެ އިތުރުން، ކަނޑު ދަތުރުފަތުރު ކުރާއިރު އަންނަނިވި ކަންކަމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

  • މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުން.
  • އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަޤީންކުރުން.
  • އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުން.
  • އުޅަނދަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ބަރުނުކުރުން.

އައު އަހަރާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު