Saturday, November 14
ވެމްކޯ: އަތޮޅު ތަކުގެ ގޭޓްފީ ކުޑަކޮށްފި

ވެމްކޯއިން އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ގޭޓް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކުޑަކޮށްފިއެވެ.

އެ ކުންފުނިން ޚިދުމަތްދެމުން އަންނަ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ގޭޓު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގަށް މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން ބުނީ މީގެ ކުރިން ގޭޓްފީގެ ގޮތުގައި ޓަނަކަށް ނަގަމުންއައި 212 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 106 ރުފިޔާ ކަމަށެވެ. މި ބަދަލު ގެނައީ މިއަދުން ފެށިގެންނެވެ.

އަތޮޅުތަކުގައި 350 ކިލޯ ޕިކަޕަކަށް ގޭޓްފީގެ ގޮތުގައި ދެން ނަގާނީ 37 ރުފިޔާ އެވެ.1.5 ޓަނުގެ ޕިކަޕަކަށް ދެން ނަގާނީ 159 ރުފިޔާ އެވެ.

ވެމްކޯއިން ވަނީ ޖެނުއަރީ 1 ން ފެށިގެން އަތޮޅު ތަކުގައި ވެސް ކުނި ނެގުމުގެ ޚިދުމަތުގެ އަގަށް ކަރަންޓް ބިލަށް ބިލްކުރާ ގޮތަށް ހަމަޖައްސާފައެވެ.

މާލެ އާއި ރަށްރަށުގެ އިތުރުން ރިސޯޓުތަކުން ވެސް ކުނި އުކާލުމުގެ ޚިދުމަތް ވެމްކޯއިން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު