Saturday, October 31
ރާއްޖެއަށް މުހިންމު ދާއިރާތަކުން ކިޔަވަން ޒަކާތު ފަންޑުން އެހީދެނީ

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގައި ވަނީ ޚާއްސަ ސްކޮލަޝިޕް އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ކުރިއަށް އޮތް ތަނުގައި އެހީ ފޯރުކޮށްދޭނެ ގޮތް ބަޔާންކޮށްދީފަ އެވެ.

އެ މިނިސްޓްރީން މީގެ ކުރިން އެހީ ފޯރުކޮށްދެމުން އަންނަނީ ސްކޮލަޝިޕްގެ ގޮތުގައި އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.

ޚާއްސަ ސްކޮލަރޝިޕްގެ ގޮތުގައި ހުޅުވާލި ކެޓަގަރީ އަކީ މުޅިން އަލަށް ތައާރަފްކުރެވުނު ކެޓަގަރީއެކެވެ. އެގޮތުން ޚާއްސަ ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް މުހިއްމު ދާއިރާތަކުން މީހުން ތަމްރީނުކުރުމަށެވެ. އެގޮތުން ޝަރީއާ ހުއްދަ ކުރާ ދާއިރާތަކުން ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް އާއްމުންނާއި ސަރުކާރުގެ އިދާރާތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އައު އުސޫލުގައި ވަނީ ނިންމާފައެވެ.

ޚާއްސަ ސްކޮލަޝިޕްގެ ގޮތުގައި ކަނޑައަޅާފައިވާ ކެޓަގަރީއަށް ހުޅުވާލުމާ މެދު ގޮތެއް ނިންމާނީ މިނިސްޓަރުގެ ލަފާގެ މަތިން ޒަކާތު ސްކޮލަޝިޕް ކޮމިޓީއަކުން ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އައު އުޞޫލުގެ ދަށުން މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދިނުމުގެ އުސޫލު ހިމަނާފައިވެއެވެ. އެގޮތުން ސްކޮލަޝިޕް ފުރުސަތު ލިބޭނީ ފުދުންތެރިކަން ނެތި، ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތް ފަރާތްތަކަށެވެ. އަދި އެއީ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ވެގެން ނުވާނެ އެވެ.

މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުން އެހީ ދޫކުރާނީ އަމިއްލަ ޚަރަދުގައި އެ ކޯހުގެ 75 ޕަސެންޓު ނިންމާފައިވާ ދަރިވަރުންނަށް ކަމަށެވެ.

ޒަކާތު ހައުސްއިން ދޭ އެހީ ދިނުމުގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ޒަކާތު ފަންޑުން ބޭސްފަރުވާއާއި މަތީ ތައުލީމާއި އެހެނިހެން ވެސް އެހީ ބޭނުންވާ ކަންކަމަށް ވަކި އުސޫލެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެ އެވެ.

ޒަކާތު ފަންޑަށް މިއަހަރަކީ އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު