Saturday, November 14
މި އަހަރަކީ ޒަކާތު ފަންޑަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރު: އިސްލާމިކް މިނިސްޓަރ

މި އަހަރަކީ ތާރީޚުގައި ޒަކާތު ފަންޑަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝާހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ މިއަހަރު ޒަކާތު ފަންޑަށް 100 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އެމަނިކުފާނި މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2025 އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރަކީ އެ މިނިސްޓްރީއަށް ވަރަށް ކާމިޔާބުއަހަރެއް ކަމަށެވެ.

" މި އަހަރަކީ ތާރީޚުގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރަށްވާއިރު ގިނަ އަދަދަކަށް ޤުރްއާން ހިތުދަސްކުރި ޙާފިޒުން ނެރެވުނު އަހަރެއްކަމާއި އަދި ދިވެހިރާއްޖޭގެ ތާރީޚުގައި އިސްލާމީ ގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތަކެއް ކުރެވުނު" ޑރ. ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވިފައިވާތީ ވުޒާރާގެ މުވައްޒަފުންނަށް ޚާއްޞަ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓްރީން މިކުރެވެނީ ރާއްޖޭގެ އިސްލާމްދީނުގެ ކަންކަން ހަރުދަނާކޮށް އިސްލާމީ އަޤީދާ ފަތުރައި، އިސްލާމްދީނުގެ މައްޗަށް ދިވެހި އުންމަތް އާރާސްތުކުރުންކަމަށާއި މިކަންކުރުމުގައި ދިވެހި ރައްޔިތުންނާއި ރާއްޖޭގެ މީޑިއާއިން ކުރެއްވި އަދި ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ނަމާދު މަތިވެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އިފްތިތާހްކޮށްފައެވެ. އެއީ  ނަމާދާއި ނަމާދުގެ މުހިންމުކަން މުޅި މުޖުތަމަޢަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

2025 ވަނަ އަހަރުގެ ރިސާލަތު ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އިސްލާމީ އަޚްލާޤަށެވެ.

2025ގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަގުފް ބިލްޑިންގތައް އާރާސްކުރެވި ޒަކާތު ހައުސްގެ ބިލްޑިންގ އެޅި ވަރަށް އައު ކަންތައްތަކެއްގެ ތެރެއަށް އިސްލާމީ ވުޒާރާ ވަދެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތްތައް މިކުރެވެނީ އެކުވެރިކަމާއެކު ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމީ ޖަމްޢިއްޔާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުންނާއި ހުރިހާ ކައުންސިލްތަކުން ގުޅިގެން ކުރެވުނު މަސައްކަތްތައް ކަމަށްވާތީ އެފަރާތްތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު