Monday, November 2
ދިވެހި އާއިލާއެއްގެ 40 މީހުން އެކުގައި އުމުރާގައި
ރާއްޖޭގެ އެއް އާއިލާ އަކަށް ނިސްބަތްވާ 40 މީހުން އުމުރާގެ އަޅުކަން އަދާކޮށްފިއެވެ. މިކަން ހާމަކޮށް ސައުދި އަރާބިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަނީ މި އާއިލާއިން ދިވެހި އެމްބަސީއަށް ވަނީ ޒިޔާރަތްކޮށްފައިވާ ކަން ހާމަކޮށްފައެވެ. މި ޒިޔާރަތުގައި ސައުދި އަރަބިއާއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އާއި އެމްބަސީގެ އިސްވެރިން އެ އާއިލާއާ ބައްދަލުކުރައްވާފައެވެ. މިއާއިލާގެ ތަފްޞީލެއް އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ. އަހަރުގެ މި ދުވަސްވަރަކީ ސްކޫލް ކުދިންގެ ދެވަނަ ޓާރމްގެ ޗުއްޓީ އަށްވާތީ ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ މަހު އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާގައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރު ގެ ޑިސެމްބަރު މަހު 6373 ވުރެ ގިނަ މީހުން އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު