Saturday, November 14
މައި ކޮލެޖުން މާލޭ ސިޓީ ކައުންސިލަށް 300 ގަސް ހަދިޔާކޮށްފި
މައި ކޮލެޖްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް 300 ގަސް ހަދިޔާކޮށްފިއެވެ. މާލޭ  ސިޓީ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މައި ކޮލެޖްގެ ފަރާތުން ކައުންސިލަށް 300 ހިޔާދޭ ގަސް ހަދިޔާކޮށްފައިވާ ކަމަށެވެ. މިއީ މާލޭ ސިޓީ ފެހިކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އެހީތެރިކަމެއް  ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މި ގަސް  ހަދިޔާކޮށްފައިވަނީ މައި ކޮލެޖްގެ ސްކޫލް އޮފް އެގްރިކަލްޗަރ އިންނެވެ. އެ ކޮލެޖްގައި ދަނޑުވެރިކަމާއި ބެހޭ ކޯސްތައްވެސް ހިންގައެވެ. ސިޓީ ކައުންސިލުން ބުނީ މި ގަސްތައް މާލޭގެ އެކި ސަރަހައްދުތަކުގައި އިންދާނެކަމަށެވެ. ސަރުކާރުން މިއަހަރު ވަނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ފަށާފައެވެ. އެ މަޝްރޫއުގެ ދަށުން ސަރުކާރުގެ އެކި އޮފީސްތަކުން މިއަހަރު 450000 ގަސް ވަނީ އިންދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު