އާދިއްތަ, November 1
ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

ހއ.އަތޮޅުން ފެށިގެން ކ. އަތޮޅަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހއ.އަތޮޅުން ފެށިގެން ކ.އަތޮޅަށް ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 08.30 އިން މެންދުރުފަހު 02:00 އަށެވެ. އަދި މި ހުދު ސަމާލުގެ ވަގުތު ހަމަވުމުން މެޓުން ވަނީ މިރޭ 20:00 އާ ހަމައަށް ވަގުތު އިތުރު ކޮށްފައެވެ.

މިއަދު ހެނދުނު ނެރުނު ހުދު ސަމާލުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އަދި ވަގުތު އިތުރުކޮށް ނެރެފައިވާ ހުދު ސަމާލުގައިވެސް އެ ސަރަހައްދުތަކަށް 40 މޭލު ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރައިން ބުނެފައިވެއެވެ.

މާދަމައިން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ އެކި ހިސާބު ތަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު