ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަރުބާރުގޭގެ ހޯލްތައް ވަގުތީ ގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
ޑިސެންބަރު 12 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެނދި ތިން ވުޒާރާ ކަމަށްވާ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަސައްކަތްތައް ވަނީ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
އެ ހާދިސާގައި މި ތިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
މި ލިޔުން ކިޔާލުމުން