Saturday, November 14
މޫސުން: ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހޭނެ

އައު އަހަރުގެ ބަންދުތެރެއާއި ދިމާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވަޔާއި ކަނޑުގަދަވެ ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މުސުމާއި ބެހޭ އިދާރާ އިން ލަފާކޮށްފިއެވެ.

މޯލްޑިވްސް  މީޓިއެރޮލިކަލް ސަރވިސް އިން މިއަދު  ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް ފަސްދުވަސްކަމަށްވާ  ޖެނުއަރީ 1 ން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެސް ވެހޭނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ހުރިހާ ފަރާތްތަކުންވެސް ކަނޑުދަތުރުކުރާއިރު މޫސުމާއި ބެހޭ އިދާރާއިން ނެރެމުންދާ ނިންމުންތަކަށް ސަމަލުވެ ޚާއްޞަ އިސްކަމެއް ދެއްވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ  އިލްތިމާސްކޮށްފައެވެ.

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމުނެއްގައި  ވައިޖެހޭނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާދެއެވެ.

މޫސުމާއި ބެހޭ އިދާރާއިން މިހާރުވެސް ވަނީ ހއ  އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ވައިޓް އެލާރޓް ނެރެފައެވެ. އެއީ ބޯކޮށް ވާރޭވެހި ވިލާ ގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލާފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު