Saturday, October 31
ހުޅުމާލޭގައި މިރޭ ހަވާ އަރުވާނީ 5 މިނެޓަށް

އައު އަހަރާ ގުޅިގެން ހުޅުމާލޭގައި މިރޭ ހަވާ އަރުވާނީ ފަސް މިނެޓަށް ކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މީލާދީ އައު އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ 23:59 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށެވެ.

އައު އަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާކަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެގޮތުން "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި ޚާއްޞަ ފެސްޓިވަލެއް 31 ޑިސެންބަރު 2024 އިން 1 ޖަނަވަރީ 2025ގެ ނިޔަލަށް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

މި ފެސްޓިވަލްގެ ތެރެއިން 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރުސީން ހާމަކޮށްފައިވާ ގޮތުގައި ޑްރޯން ފެސްޓިވަލް ފެށޭނީ މިރޭ 21:00 ގައެވެ.

މީގެ އިތުރުން، ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދުގެ އިތުރުން ބުދަ ދުވަހުގެވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެއެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު