Saturday, October 31
ޑިޖިޓަލް ވަސީލަތްތަކަށް އިސްރަށްވެހިން ހޭލުންތެރިކުރުގެ ޕްރޮގްރާމެއް ފަށައިފި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ސޯޝަލް ސަރވިސަސް ގުޅިގެން "ޑިޖިޓަލް މަންސައިގައި ހޭލުންތެރި އިސްރަށްވެހިން" ޕްރޮގްރާމް ތަޢާރަފުކޮށްފިއެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިސްނެގުމާއެކު، އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތެކެވެ. މީގެ މަޤްޞަދަކީ އިސްރަށްވެހިންނަށް ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކަމާއި ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި، މަޢުލޫމާތު ހޯދުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ.

"ޑިޖިޓަލް މަންސައިގައި ހޭލުންތެރި އިސްރަށްވެހިން" ޕްރޮގްރާމްގެ ބައިވެރިން- ފޮޓޯ: ސޯޝަލް މިނިސްޓްރީ

 

މި ޕްރޮގްރާމުގެ ދަށުން، ޕެންޝަން އޮފީހުން ވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، އޮންލައިން މުޢާމަލާތްތައް ކުރާނެ އެކަށީގެންވާ ގޮތްތަކާއި، އޮންލައިން "ސްކޭމް" ނުވަތަ މަކަރުވެރިކަމުން ރައްކާތެރިވާނެ ގޮތްތަކާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ސޯޝަލް މިނިސްޓްރީީ އިން  ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން އިސްރަށްވެހިންނަކީ ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރި، އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ، އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި މުޢާމަލާތްކޮށް މަޢުލޫމާތު ހޯދުމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު