Saturday, October 31
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށް ލާން ޙުކުމްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވި ފިރިހެނަކު 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ޙުކުމް އިއްވާފައިވަނީ ނަޞްރުﷲ ފާއިޒު ކިޔާ މީހެއްގެ މައްޗަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ނަޞްރުﷲގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ދައުވާއަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދަޢުވާއެވެ. މި ދައުވާއާ ގުޅިގެން ކޯޓުން ވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ނަޞްރުﷲ ފާއިޒު، 10 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

މީގެ އިތުރުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދައުވާވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފައެވެ. މި ދައުވާއާ ގުޅިގެން ކޯޓުން ނިންމީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން، ނަޞްރުﷲ ފާއިޒު، 15 (ފަނަރަ) އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމަށެވެ.

އަދި ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތު ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު