Friday, November 20
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓު ކުރުވި މައްސަލައެއް ބަލަނީ
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މީހަކު ހައްޔަރުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ނޫސްވެރިއަކު ނެގުމުން، އެ ފޮޓޯ ޑިލީޓު ކުރުވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ފުލުސް އޮފިސަރަކު ފޮޓޯ ޑިލީޓު ކުރި ކަމުގެ ތުހުމަތެއްގެ ޝަކުވާ ލިބިފައިވާތީ އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ. މީސްމީޑިއާގައި ނޫސްވެރިއަކު ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ރޭ މަގުމަތީގައި މީހަކު ހައްޔަރުކޮށްގެން އުޅޭތީ އެތަނުގެ ފޮޓޯ ނެގުމަށް ޕްރެސް ކާޑު ހިފައިގެން ދިޔަ ކަމަށާއި، ނަމަވެސް ފޮޓޯ ނެގިތަނާހެން ފުލުހުންގެ އޮފިސަރަކު އައިސް ފޮޓޯ ޑިލީޓުކުރަން އެންގި ކަމަށެވެ. އަދި، އެކަމަށް އިންކާރުކުރުމުން އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި ކަމަށާއި، އޭގެ ސަބަބުން މަޖުބޫރުވެ ފޮޓޯ ޑިލީޓުކުރީ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފަހުންވެސް އޭނާގެ ފޯނު ނަގައި، "ޑިލީޓެޑް ފޮޓޯސް" ފޯލްޑަރ ބަލައި ޗެކުކުރި ކަމަށްވެސް އެ ނޫސްވެރިޔާ ބުންޏެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ތަރުޖަމާނު، އަޙްމަދު ޝިފާން ވިދާޅުވީ، ކުށުގެ ވެށީގައި ފުލުހުން ހަރަކާތްތެރިވާއިރު އެ ތަނެއްގައި ފުލުހުން ކުރަމުންދާ މަސައްކަތަކީ އެ ހާލަތުގައި އެންމެ އިސްކަން ދޭންވާނެ ކަމެއް ކަމުގައިވިޔަސް، ކޮންމެ ހާލަތެއްގައިވެސް ނޫސްވެރިންނަށް ކަނޑައެޅޭ ހިސާބެއްގައި ތިބެ ރައްޔިތުންނާ ހަމައަށް މަޢުލޫމާތާއި މަންޒަރު ގެނެސްދެވެން އޮތް އެންމެ ފުޅާ ފުރުޞަތެއް ފުލުހުން ދޭންވާނެ ކަމަށެވެ.

ޝިފާން ވަނީ ނޫސްވެރިޔާ ރައްދުކޮށްފައިވާ ހާލަތަކީ ފުލުހެއްގެ ނުވަތަ ފުލުހުންތަކެއް ޢަމަލުކޮށްފައިވާ ގޮތާމެދު ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށް ޤަބޫލު ކުރެވޭތީ، އެކަން އިތުރަށް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާ ހިއްސާކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު