Saturday, October 31
އެމެރިކާގެ ކުރީގެ ރައީސް އަވަހާރަވުމާ ގުޅިގެން ވަޒީރު ޑރ. ޚަލީލް ތަޢުޒިޔާ ފޮނުއްވައިފި
އެމެރިކާގެ ކުރީގެ ރައީސް، ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަޢުޒިޔާ ފޮނުއްވައިފިއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވިދާޅުވީ، ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ. މީގެ އިތުރުން ޑރ. ޚަލީލް ވަނީ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައިފައެވެ. އަދި، ދުނިޔޭގެ ސުލްހައާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރީގެ ރައީސް ކާޓަރ އިސްކޮށް ހުންނަވައިގެން ކުރެއްވެވި މަސައްކަތްތަކަށް އަބަދުވެސް ތަޢުރީފުކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ މަސައްކަތަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް އޮތް މިސާލެއް ކަމުގައި ޑރ. ޚަލީލް ވިދާޅުވިއެވެ. ކާޓަރ އަކީ 1977 އިން 1981 އާ ދެމެދު އެމެރިކާގެ ވެރިކަން ކުރެއްވި، އެ ޤައުމުގެ 39 ވަނަ ރައީސެވެ. ކާޓަރ އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައެވެ. އޭނާ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ބޭފުޅާއެވެ. ކާޓަރގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތާ ގުޅުންހުރި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ދެވަނަ އިންތިޚާބުގައި ޑިމޮކްރެޓް ބަލިކޮށް އިންތިޚާބު ކާމިޔާބުކުރެއްވީ ރޯނަލްޑް ރީގަން އެވެ. ކާޓަރގެ ޞިއްޙީ ފަރުވާ ނިމުމާއެކު ގޭގައި ހޮސްޕިސް ކެއަރ ދިނުމަށް ހަމަޖެހިފައިވާކަން މިދިޔަ އަހަރު ވަނީ އިޢުލާންކޮށްފައެވެ. އަވާހަރަވިއިރު ކާޓަރ އަށް ވަނީ ގިނަ ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ކާޓަރގެ މޭ އަދި ސިކުނޑިއަށް މެލަނޯމާއެއް ފެތުރިގެން ދިއުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު