Saturday, October 31
9 މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި، ފަޟުލް އަދި ފަޟީލް އަށް އަދިވެސް ފުރުން މަނާ

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަޙުޤީޤާ ގުޅިގެން ފުރުން މަނާކުރި 20 މީހުންގެ ތެރެއިން 09 މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.

ފުލުހުން ތަޙުޤީޤު ކުރަމުންދާ ބިންވެެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާއިރު، އެ މީހުންގެ ތެެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޟުލް ރަޝީދާއި، އޭނާގެ ބޭބެ ކަމަށްވާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޟީލު ރަޝީދު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ މީގެ ތެރެއިން 09 މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު މިއަދު ބާތިލުކޮށްފައިވާއިރު، ފުރުން މަނާކުރުމުގެ އަމުރު ބާޠިލުކުރި މީހުންގެ ތެރޭގައި ފަޟުލް އަދި ފަޟީލް ނުހިމެނޭ ކަމަށެވެ. ނަމަވެސް، ޕާސްޕޯޓު ދޫކޮށްފައިވަނީ ކޮން 09 މީހެއްގެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެމީހުންގެ މައްޗަށް ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު ބާޠިލުކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު