ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި ބިދޭސީންތައް އަތުލައިގެންފައިވަނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ 08 ކެފޭ/ހޮޓާ ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 04 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ 08 ކެފޭ/ހޮޓާ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 04 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. pic.twitter.com/5VXNzH8zbI
— Maldives Immigration (@ImmigrationMV) December 30, 2024
އިމިގްރޭޝަން ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ޚާއްޞަކޮށްގެން ހޮނިހިރު ދުވަހު ހިންގި ރެއިޑު އޮޕަރޭޝަނެއްގައިވެސް 06 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީއެއް ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން ރެއިޑް އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.
މި ލިޔުން ކިޔާލުމުން