އާދިއްތަ, November 1
ހައިވޭގައި އެކްސިޑެންޓެެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި 3 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ރޭ ސިނަމާލެ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައި 12:11 ހާއިރު އެ އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހަކަށް ފަރުވާދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު