Saturday, October 31
އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ލޭ ހަދިޔާކޮށްފި

އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ސްކޫލުގެ އިސްދަރިވަރުން ގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ބްލަޑް ކޭމްޕުން ލިބުނު ހަދިޔާކުރީ ތެލެސީމިއާ ކުދިންނަށެވެ.

އަމީނިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާއިން ބުނީ މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ،  ޒުވާނުންނާއި އާއްމުން ލޭ ހަދިޔާކުރުމަށް ހޭލުންތެރިކުރުވުމާއި، އަހަރުގެ ފަހު ހަފުތާގައި ތެލެސީމިއާ ލޭ އަލާފަާތްތަކަށް  ލޭ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްގައި ކުރިއަށް ދިޔަ މި ބްލަޑް ކޭމްޕަށް 10 ޕައިންޓް ލޭ ލިިބިފައިވެއެވެ.

އަމީނިއްޔާ ސްކޫލް އުފެދުނީ 1944 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 28 ވަނަ ދުވަހުއެވެ. 2011 ވަނަ އަހަރާ ޖެހެންދެން އެ ސްކޫލް އޮތީ ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ ތަނެއްގެ ގޮތުގައެވެ.

ނޮވެމްބަރު މަހުންފެށިގެން އެސްކޫލުގެ އިސްދަރިވަރުންގެ ޖަމްިއްޔާއިން ދަނީ އެކި ޙަރަކާތްތައް ރާވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު