Wednesday, November 18
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް، ޖިމީ ކާޓަރ އަވާހަރަވެފައިވާކަން ކާޓަރ ސެންޓަރުން އިޢުލާންކޮށްފިއެވެ.

ކާޓަރ އަކީ 1977 އިން 1981 އާ ދެމެދު އެމެރިކާގެ ވެރިކަން ކުރެއްވި، އެ ޤައުމުގެ 39 ވަނަ ރައީސެވެ. ކާޓަރ އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައެވެ. އޭނާ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ބޭފުޅާއެވެ.

ކާޓަރގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތާ ގުޅުންހުރި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ދެވަނަ އިންތިޚާބުގައި ޑިމޮކްރެޓް ބަލިކޮށް އިންތިޚާބު ކާމިޔާބުކުރެއްވީ ރޯނަލްޑް ރީގަން އެވެ.

ކާޓަރގެ ޞިއްޙީ ފަރުވާ ނިމުމާއެކު ގޭގައި ހޮސްޕިސް ކެއަރ ދިނުމަށް ހަމަޖެހިފައިވާކަން މިދިޔަ އަހަރު ވަނީ އިޢުލާންކޮށްފައެވެ. އަވާހަރަވިއިރު ކާޓަރ އަށް ވަނީ ގިނަ ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ކާޓަރގެ މޭ އަދި ސިކުނޑިއަށް މެލަނޯމާއެއް ފެތުރިގެން ދިއުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު