އާދިއްތަ, November 1
ބަނގުރަލާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ބަނގުރަލާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަޖީދީ މަގުން މީހަކު ހުއްޓުވައި އެމީހާ ބަނގުރަލާއެކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ ރެޑްމާގެ މުހައްމަދު އަޒްހަމް ސައީދު 33، އެވެ.

އަޒްހަމް ސައީދުގެ ސައިކަލް ބަލައި ފާސް ކުރިއިރު، ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު