Friday, November 20
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 5 ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގައިފައެވެ. އަދި މި އޮޕަރޭޝަންގައި 06 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން ރެއިޑް އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު