Saturday, October 31
ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް ގައި ބައިވެރިވުމަށް ހުޅުވާލައިފި

އައު އަހަރު ފެށުން ފާހަގަކުރުމަށް ކުރިއަށް ގެންދާ "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބިޒިނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ އެކަމަށް ރަޖިސްޓްރީ ކުރާ ތަރުތީބުން ކަމަށެވެ.

އެ ސެންޓަރުން މިހާރު ވަނީ ފެސްޓިވަލްގައި ދިވެހިކާބޯތަކެއްޗާއި ރާއްޖޭގެ ސަޤާފަތް ދައްކަން ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން

ކުރިއަށް ގެންދާ  "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" އޮންނާނީ 31 ޑިސެންބަރު 2024 އިން 1 ޖަނަވަރީ 2025ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގައެވެ.

މި ފެސްޓިވަލްގެ ތެރެއިން 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރުސީން ހާމަކޮށްފައިވާ ގޮތުގައި ޑްރޯން ފެސްޓިވަލް ފެށޭނީ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. އަދި އެ ރޭ 12 ޖަހާއިރު ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު