Saturday, November 14
ޙާލު ކިހިނެއް ޕްރޮގްރާމް: ރ. އަތޮޅުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި

މިނިސްޓްރީ އޮފް ސޯޝަލް އެނޑް ފެމިލީ ޑިވެލޮޕްމަންޓް ގެ ފަރާތުން ކުރިއަށް ގެންދާ ޙާލު ކިހިނެއް ޕްރޮގްރާމްގެ ދަށުން ރ. އަތޮޅުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި.

ސޯޝަލް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ރ. އަތޮޅުގެ 7 ރަށުގައި ކުރިއަށް ގެންގޮސް މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ފައިނުގެ 60، ކިނޮޅަސް 74، ހުޅުދުއްފާރު 173، މީދޫ 254، އުނގޫފާރު 224 އަދި އިނގުރައިދޫ  225 ގެއަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 1010 ގޭބީސީއަށް ޒިޔާރަތްކޮށްފައިވާއިރު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެވި، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކަށް ބަލާއިރު ޞީއްޚީ ކަންކަން ބޯހިޔާވަހިކަން ފަދަ ކަންކަން ހިމެނެއެވެ.

މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް، ރ އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ސަރުކާރުގެ އިދާރާތަކުން ދެއްވި އެއްބާރުލުން ސޯޝަލް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު