Thursday, November 5
ފެރިދޫ ރައްޔިތުންނަށް 100 ލުނބޯގަސް ބަހައިފި

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ގޭގެއަށް ލުނބޯގަސް ހަދިޔާކޮށްފިއެވެ.

ފެންޓަސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކައުންސިލަށް ހަދިޔާކުރި 100 ލުނބޯގަސް އެރަށުގެ ރައްޔިތުންނަށް ދިނީ އާއްމުކޮށް ހުޅުވާލައިގެން އެ ހޯދުމަށް އަންނަ ފަރާތްތަކަށް ދޭ ގޮތަށެވެ.

ފެރިދޫ ކައުންސިލްގެ ރައީސް އިސްމާޢިލް ޝާހު ވިދާޅުވީ ލުނބޯ ގަސް ބެހުމަށް ހުޅުވާލި ފުރުޞަތުގައި ހީވެސް ނުކުރާހާ ބޮޑު ތަރިހީބެއް ލިބުނުކަމަށެވެ.

" އެއް ދުވަސްތެރޭގައި ހުރިހާ ލުނބޯގަހެއް ބަހާ ހުސްވެއްޖެ، ލުނބޯގަހުގައި ތިން ފޫޓްވަރު ހުންނާނެ" އިސްމާޢީލް ޝާހު ވިދާޅުވިއެވެ.

މިއީ ރައްޔިތުންގެ ވަރަށް ޝައުގުވެރިކަން ބޮޑުވި އަދި ވަރަށް އުފާވިކަމެއްގެ ގޮތުގައި ޝާހު ސިފަކުރެއްވިއެވެ.

މިއީ ކައުންސިލްގެ އެދުމަކަށް ފެންޓަސީން ހިލޭ ފޯރުކޮށްދީފައިވާ ލުނބޯގަސްތަކެކެވެ.

ޝާހު ވިދާޅުވީ ލުނބޯގަސް ގޭގޭގައ އިންދަން ބޭނުންވީ ގަސްގަހުގައި ލުނބޯ އަޅަން ފެށުމުން މީހުން ގޭގައި ދިރި ނޫޅުނަސް އޭގެ ފައިދާ ރައްޔިތުންނަށް ބޭނުންކުރެވޭނެ އެއްޗެއް ކަމަށްވާތީއެވެ.

އެރަށުގައި ރަޖިސްޓްރީކޮށްފައި ހުރި ގެތައް ދުއިސައްތައަށް ވުރެ ގިނައެވެ. ރަށުގެ އާބާދީގައި މިހާރު ވަނީ 900 ހަމަވެފައެވެ.

ފެރިދޫއަކީ ފުޅާދާއިރާއެއްގައި ގެސްޓްހައުސް ހިންގާ ރަށެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު