Saturday, October 31
އެމް.އެން.ޔޫ ދަރިވަރުންގެ ޖަމިއްޔާ ގެ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ލިބޭނެ - މިނިސްޓަރ ރާފިއު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ޖަމިއްޔާ ގެ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން، މިނިސްޓަރ އާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމަކީ މިއަހަރު ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ ހަރަކާތްތަކާއި، އަންނަ އަހަރަށް ރޭވިފައިހުރި ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ވަނީ މިއަހަރު ގިނަ ކުޅިވަރު ހަރަކާތްތަކެއް ހިންގާފަ އެވެ. މިގޮތުން ހޭންޑްބޯޅަ، ވޮލީބޯޅަ، ފުޓްސަލް، ބެޑްމިންޓަން، ކެރަމް ކަހަލަ ގިނަ ކުޅިވަރު މުބާރާތްތަކެއް އެ ޔުނިވާސިޓީގެ އެކި ގޮފިތަކަށް ހުޅުވާލައިގެންނާއި، އެހެން ކޮލެޖު އަދި ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ހިންގިއެވެ.

ދަރިވަރުންގެ ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާއިން ހިންގި ހަރަކާތްތަކަށް ކުޅިވަރު ވުޒާރާއިން ލިބުނު އެއްބާރުލުން ފާހަގަކޮށްފަ އެވެ. އަދި އެކަމަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަންނަ އަހަރުވެސް ގިނަ ހަރަކާތްތަކެއް ހުރިކަން ފާހަގަކޮށް، އެ ޖަމިއްޔާއިން ވަނީ މި ހަރަކާތްތަކުގެ ތަފްސީލްތައް މިނިސްޓަރ އާއި ހިއްސާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު