Saturday, October 31
މޮންގޯލިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަޒީރު ޑރ. ޚަލީލް ތަހުނިޔާ ފޮނުއްވައިފި

މޮންގޯލިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ބަތުސެޓްސެގް ބަތުމުންކްއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖުގައި، މޮންގޯލިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ޚާރިޖީ ވަޒީރު ބަތުސެޓްސެގް ބަތުމުންކްއަށާއި، މޮންގޯލިއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

"ދިވެހިރާއްޖެއާއި މޮންގޯލިއާ އާއި ދެމެދު އޮންނަ ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. އަދި ކަމަނާއަށް ދުޅަހެޔޮ ސިއްހަތާއި މޮންގޯލިއާގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމުން، ކަމަނާއަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."،ވަޒީރު ޑރ. ޚަލީލްގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު