Monday, November 16
ފުވައްމުލަކުގެ ކުދި ވިޔަފާރިވެރިންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ފުވައްމުލަކު ސިޓީގެ ކުދި ވިޔަފާރިވެރިންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއީ ފުވައްމުލަކު ސިޓީގެ ބިޒްނަސް ސެންޓަރުގެ އެދިލެއްވުމަކަށް ޑިސެންބަރު 28 ވަނަ ދުވަހު ކުރިއަށްގެންދިޔަ ކުލާހެއް ކަމަށެވެ.

މިގޮތުން މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ކުލާހުގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ވިޔަފާރިވެރިންގެ 19 ފަރާތަކުން ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު