އާދިއްތަ, November 1
އުމްރާ އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ސައުދީ އަރަބިއްޔާ އަށް އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު ފިރިހެންމީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދީ ޏ. ފުވައްމުލައް، ސްޓެއްލާ، ހުސައިން މުހައްމަދު ދީދީ (63 އ) އެވެ.

ޔަލަމްލަމް ޖަމާއަތުން ބުނީ ހުސައިން މުހައްމަދު ދީދީ މިހާރު ވަނީ ފެނިފައިކަމަށާއި، އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

އަދި ހުސައިން މުހައްމަދު ދީދީ ހޯދުމުގައި އެހީވެދިން ހުރިހާ ފަރާތްތަކަށް އެ ޖަމާއަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ހުސައިން މުހައްމަދު ދީދީ ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. ހުސައިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށެވެ.

އަދި ހުސައިން ގެއްލުނުއިރު ހުރީ އިހުރާމު ބަންދެގެން، ޖަމާއަތުގެ ފާސް އަޅައިގެން ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު