Saturday, November 14
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި އަތުލައިފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 2.4 ކިލޯގްރާމްގެ  މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 2.1 ކިލޯގްރާމްގެ މެފެޑްރޯން އާއި 0.32 ގްރާމްގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.

މިތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވަނީ މިދިޔަ ބުރާސްފަތި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

މިމަހުގެ 13 ވަނަ ދުވަހު ވެސް ކަސްޓަމްސް އިން ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 235 ގްރާމްގެ ކެނަބިސް އަތުލައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު