Saturday, October 31
އާރުޑީސީގެ ޚިޔާނާތް: މޫކޭ އަދި ޔާޞިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

މިދިޔަ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެ ކޯޕަރޭޝަންގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ، މޫސާ ޢަލިމަނިކު (މޫކޭ) އާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރ، ޔާޞިރު ޙަސަންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން މިރޭ ހާމަކުރި ގޮތުގައި މޫކޭ އާއި ޔާޞިރު ފުރުން މަނާކުރުމުގެ އަމުރު ނެރެ، އެކަން ވަނީ އެމީހުންނަށް އަންގައިފައެވެ.

މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މޫކޭ އެޕާޓްމަންޓަކާއި، އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން ޔާޞިރު ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އާރުޑީސީގެ ޚިޔާނާތުގެ މައްސަލަ ބަލަން ފަށާފައިވަނީ އެ ކޯޕަރޭޝަންގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ޤާނޫނާއި ގަވާއިދާ ޚިލާފަށް ޖަމާކޮށްފައިވާ ކަމަށް ބެލެވިގެންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ފުލުހުން އެންމެ ފުރަތަމަ އާރުޑީސީ އަށް ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި މޫކޭ އާއި ޔާޞިރަށް ކުރެވޭ ތުހުމަތުތައް އެމީހުން ވަނީ ދޮގުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު